އިސްލާމް މާއްދާގެ ޤައުމީ މުޤައްރަރަށް ދަނީ އިންޤިލާބީ ބަދަލުތަކެއް އަންނަމުންނެވެ. މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ފަރުމާކުރެވިފައިވަނީ އިސްލާމް މުޤައްރަރަށް އައިބަދަލުތަކާއިއެކު މަތީސާނަވީ ފެންވަރަށް ކިޔަވައިދެވޭނެ ޤާބިލު މުދައްރިސުން ތަމްރީނުކުރުމުގެ މަޤްޞަދުގައެވެ. އެގޮތުން މިޕްރޮގްރާމުގައި އިސްލާމީ ޝަރީޢަތުގެ ހުކުމްތައް ނެގުމަށްބެލެވޭ އަސްލުތަކާއި ދަލީލުތައް، ޤުރުއާނުގައިވާ ޢިލްމީއެކިއެކި ހަޤީގަތްތަކާއި، މިއަދުގެ ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ފެންނަން ހުރި މަޢުލޫމާތާއި، ވަޙީއާއިދޭތެރޭ ޤައިރު މުސްލިމުން އެންމެ ކުރިއްސުރެ އުފައްދާ އެކި ޝައްކުތަކަކީ ކޮބައިކަން ދެނެގަނެ މިޝައްކުތަކަށް ޢިލްމީ ނަޒަރަކުން ރައްދުދޭނެގޮތްތަކާއި އޭގެ ހަޤީގަތްތައް ހިމެނިގެންދާނެއެވެ. ފިޤްޙު އިލްމާއި ގުޅުންހުރި މަތީސާނަވީ އައު ޤަޢުމީ މަންހަޖުގައި ހިމެނޭ ބައިތައް ކިޔަވައިދެވޭނެ ފެންވަރަށް މިޕްރޮގްރާމުގެތެރެއިން މުދައްރިސުން ތަމްރީނުވެގެންދާނެއެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަގްޞަދުގައި މާސްޓާރސް ޕްރޮގްރާމުގެ 60 ކްރެޑިޓް ފުރިހަމަ ވުމުން ދަރިވަރުންނަށް ޕޯސްޓް ގްރެޑުއޭޓް ސެޓްފިކެޓް އިން އެޑިއުކޭޝަން އިންޓަރިމް އެވޯޑެއްގެގޮތުގައި އެރުވިގެންދާނެއެވެ. މިޕްރޮގްރާމުގެ ތެރެއިން އިސްލާމް އަދި ޤުރުއާން ޢިލްމުގެ އިތުރުން އުނގެނުމާއި އުނގަންނައި ދިނުމުގައި ބޭނުން ހިފަންޖެހޭ އުސޫލުތަކާއި ހުނަރުތައް އަދި ސްކޫލް ފެންވަރުގައާއި، ޢަމަލީ މައިދާނުގައި ޢިލްމީ ދިރާސާ ކުރުމުގެ ޤާބިލުކަން މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ފުރިހަމަ ކުރުމުން ލިބިދެވޭނެއެވެ.
General Entry Criteria
A related Bachelor’s Degree OR
A related Graduate Diploma at Level 8.
Modules Options:
Option 1: (Route for teachers with teaching qualifications)
Educational Research
Promoting Successful Learning
Adhillath Al’ Ahkaam Al’ Shar’iyya (Shariah Rulings)
Award Postgraduate Certificate in Education
Quran and Science
Dhirasath Al’ Fiqh Al’ Islamee (Islamic Jurisprudence Studies)
Research Project
Award Master of Teaching Islamic Studies
Option 2: (Route for teachers without teaching qualifications)
Educational Research
Promoting Successful Learning
Adhillath Al’ Ahkaam Al’ Shar’iyya (Shariah Rulings)
Award Postgraduate Certificate in Education
Quran and Science
Dhirasath Al’ Fiqh Al’ Islamee (Islamic Jurisprudence Studies)
Professional Experience; AND
Capstone Project; OR
Action Research
Award Master of Teaching Islamic Studies
ޤައުމީ މަންހަޖުގައި އެކުލެވިގެންވާ އުޞޫލުލް ފިޤުހާއި، ފިޤުހުގެ މުހިއްމު ބައިތައް އަދި ޤުރުއާނުގެ ޢިލްމުގެ ބައިތައް ދިރާސާގެ ތެރެއިން ދެނެގަނެ، ދަރިވަރުން ޝައުޤުވެރި ވާނޭ ހެން ތަފްޞީލުކޮށް ކިޔަވައިދިނުމުގެ ޤާބިލުކަން ލިބިދިނުން؛
ސާނަވީ އަދި މަތީ ސާނަވީ ގުރޭޑު ތަކުގެ އިސްލާމް މުޤައްރަރުގައި ހިމެނިފައިވާ ބައިތައް ރާވާ، ހުނަރު ވެރިކަމާއެކު ކިޔަވައިދީ، އެސެސް ކުރުމުގެ ޤާބިލުކަން ލިބިދިނުން؛
ތަރުބަވީ މާހައުލުގައި ކުރެވޭ ކުދި ދިރާސާތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކުރިއަށް ގެންދިޔުމާއިއެކު، އެއިން ކުރާ އަސަރު ދެނެގަނެ، އުނގައްނައިދިނުމުގައި އެފަދަ ދިރާސާ ތަކުގެ ބޭނުން ހިފަން އެނގުން.
ތަފާތު ޙާލަތްތަކުގައި ކިޔަވައި ދިނުމުގައި ކުރިމަތިވާ މައްސަލަ ތަކަކީ ކޮބައިކަން ދެނެގަނެ އެކަމާ ގުޅުންހުރި ކަންކަން ފާހަގަ ކުރާނެ ގޮތްތަކަށް ޝައުގުވެރި ކުރެވޭނެއެވެ. އަދި ފަންނީ ގޮތުންނާއި، ދިރާސާގެ ތެރެއިން ކަންކަން ދެނެގަންނާނޭ ގޮތްތައް ދަސްކޮށްދެވޭނެއެވެ.
އުނގަންނައިދިނުމާއި، އިސްނަގައިގެން މިނިވަންކަމާ، ހުނަރުވެރިކަމާއެކު ކަންކަން ޒިންމާދާރުކަމާއެކު ކުރާނޭގޮތްތައް ދަސްވާނެއެވެ.
ޢުލޫމުލް ޤުރްއާނާ ގުޅުންހުރި އެކިއެކި ބައިތައް ދެނެގަނެވި އެ ޢިލްމު އުނގެނުމުގެ އަހައްމިއްޔަތާއި ފައިދާތައް ދެނެގަތުމުގެ ޤާބިލްކަން އުފެދިގެންދާނެއެވެ.
އިސްލާމްދީނުގެ ޙުކުމްތަކުގެ މަޞްދަރުތައް އަމިއްލައަށް ދިރާސާކޮށް، އެ މަޞްދަރުތަކުގެ ޙުއްޖިއްޔަތު ދެނެގަނެވޭވަރުގެ ޢިލްމީ ޤާބިލިއްޔަތުކަން ލިބިދެވޭނެއެވެ.
އިޖްތިމާޢީ އަދި އިޤްތިސާދީ ޙަޔާތެއް ބިނާކުރުމުގައި އެއްބަޔަކު އަނެއްބަޔަކާއި މުޢާމަލާތުކޮށް ހަދާއިރު، ދީނީގޮތުންނާއި ޝަރުޢީގޮތުން ހިފަހައްޓަންޖެހޭ މައިގަނޑު ހަމަތަކާއި އުޞޫލުތައް އެނގިގެންދާނެއެވެ